ޚަބަރު

އޯލްޕާޓީ ބްރިޓިޝް މޯލްޑިވްސް ޕާލިމެންޓަރީގްރޫޕުގެ ބައްދަލުވުމެއް!


އޯލް ޕާޓީ ބްރިޓިޝް މޯލްޑިވްސް ޕާލިމެންޓަރީ ގްރޫޕުގެ ރިކޮންސްޓްރަކްޝަން ބައްދަލުވުމެއް ބާއްވައިފިއެވެ.

އަންގާރަދުވަހު ބޭއްވި މިބައްދަލުވުމުގައި ރާއްޖޭގެ ސަފީރު އަހުމަދު ޝިޔާން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ސަފީރުގެ ވާހަކަފުޅުގައިވަނީ، ރައީސް އަބްދުﷲ ޔާމިންގެ ރިޔާސީ ދައުރުގައި ރާއްޖެއިން ހޯދަމުންދާ ކާމިޔާބީތައް ފާހަގަކުރައްވައި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކާބެހޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. 

އެގޮތުން މި ދައުރު ނިމޭއިރު ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ކުރެވުނު ހޭދަ އެކެއް ޕޮއިންޓު ހަތަރެއް އަށެއް ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެކަން ފާހަގަ ކުރައްވާފައިވެއެވެ. މީގެ އިތުރުރުން މި ދައުރުގެތެރޭގައި އެކަނިވެސް ފަސްދޮޅަސް ހަތަރުހާސް ވަޒީފާގެ ފުރުސަތު ހުޅުވާލެވޭނެކަމަށް ސަފީރު ފާހަގަކުރައްވާފައިވެއެވެ. އަދި ރާއްޖޭގެ ސިއްޙީ ދާއިރާއިން ހޯދާފައިވާ ކާމިޔާބީތަށް ފާހަގަ ކުރައްވަމުން ސަފީރު ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭސްފިހާރަ ގާއިމުކޮއްފައވާކަން ފާހަގަކުރައްވާފައެވެ.