ޚަބަރު

ފޮނަދޫ މަގުހެދުމުގެ މަޝްރޫޢު ސެޕްޓެމްބަރުމަހު ފަށަނީ!


ލ.ފޮނަދޫ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން ފުނަދޫގެ 9 މަގެއްގައި ތާރުއެޅުމުގެ މަސައްކަތް އަންނަ ސެޕްޓެމްބަރ މަހު ފެށުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ރޯޑް ޑީވެލޮޕްމެންޓް ކޯޕަރޭޝަނުން ބުނެފިއެވެ. 

މި މަޝްރޫޢުގައި 4.7 ކިލޯމީޓަރުގައި ތާރުއެޅުމަށް ހަމަޖެހިފައިވާކަމަށް އެމް.އާރް.ޑީ.ސީން ބުނެއެވެ. މަގުތަކުގައި ތާރު އަޅުމުގެ މަސައްކަތް ފަށާތާ ދެ މަސްދުވަހުގެ ތެރޭގައި ހުރިހާ މަގެއްގައި ތާރުއަޅާ ނިމޭނެކަމަށްވެސް އެމްއާރުޑީސީން ބުނެއެވެ.

ލ.ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ މަގުތަކުގައި ތާރު އެޅުމުގެ ކުރިން ކުރަންޖެހޭ މަސައްކަތްތަށެވެ.