ޚަބަރު

އެކްސިޑެންޓުގައި އަނިޔާވި މީހަކު އިތުރު ފަރުވާއަށް މާލެ ފޮނުވަނީ


އައްޑޫ ސިޓިގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ އިތުރު ފަރުވާއަށް މާލެ ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ. 

އެ ހޮސްޕިޓަކުން ބުނީ، އައްޑޫގައި ރޭ ހިނގި އެކްސިޑެންޓްގައި ފަސް މީހަކަށް އަނިޔާވެ އެކަކަށް ސީރިއަސް ޒަޚަމްތަކެއް ލިބިފައިވާކަމަށެވެ. އަދި އޭގެތެރެއިން ތިން މީހަކަށް އަދިވެސް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށް މައުލޫމާތުދިނެވެ.

އައްޑޫ ސިޓީގައި ރޭ ހިނގި އެކްސިޑެންޓް ހިނގައިފައި ވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް، އޭގެ ކުރީގައި އޮތް ލޮރީއެއް އޯވަރޓޭކް ކުރަންއުޅުމުގެ ތެރޭގައެވެ. މި އެކްސިޑެންޓްގައި ކާރު ފުރޮޅާއިގެން ގޮސް މަތަވެފައިވަނީ އެ ސަރަހައްދުގައި ހުރި ރުއްތަކެއްގައި ޖެހިފައެވެ.