ވިޔަފާރި

"އެކްސްޕީރިއަންސް މޯލްޑިވްސް" ކެމްޕެއިން ފަށައިފި


ބޭންކް އޮފް މޯލްޑިވްސްއާ އެމެރިކަން އެކްސްޕްރެސް ގުޅިގެން ދުނިޔޭގައި ފަތުވެރިކަމުގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް ޚާއްޞަ ކެމްޕެއިނެއް ފަށައިފިއެވެ. 

"އެކްސްޕީރިއަންސް މޯލްޑިވްސް"ގެ ނަމުގައި ފެށި ކެމްޕޭނެއް ފަށްޓަވައިދެއްވީ ހޮޓެލް ޖެންގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރުއެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބޭންކު އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ، މި ހަރަކާތުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް މީގެ ފައިދާ ވަރަށް ރަނގަޅަށް ކުރާނެކަމަށާއި، މި ކެމްޕޭންގެ ސަބަބުން ރާއްޖެއަކީ ފަތުރުވެރިންނަށް އެންމެ ފުރިހަމަ މަންޒިލްގެ ގޮތުގައި މުޅި ދުނިޔެއަށް ހާމަވެގެންދާނެކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމެރިކަން އެކްސްޕްރެސް ބޭންކިންގ ކޯޕަރޭޝަންގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް އަދި ސީއީއޯ މަނޯޖް އަދްލަޚާ ވިދާޅުވީ، މި ކެމްޕޭންގެ ސަބަބުން ދުނިޔޭގެ އެކި ޤައުމުތަކުގައި ތިބި އެމެރިކަން އެކްސްޕްރެސް ބޭނުން ކުރާ ފަރާތްތަކުގެ މެދުގައި ދިވެހި ރާއްޖޭގެ ނަން އުފުލިގެންދާނެކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީއާއި މަޓީއާވެސް ގުޅިގެން ކުރިއަށްގެންދާ މި ކެމްޕޭނަކީ އެއް އަހަރު ދުވަހުގެ ކެމްޕޭނެކެވެ.