ޚަބަރު

ރައީސްގެ ސާބިތުކަމާއެކު ނޫސްވެރިންނަށް ހައިރާންކަން!!


ހުޅުވާލެވިފައިވާ މީޑިއާގެ ކުރިމަތީގައި ނޫސްވެރިން ބޭނުން ކޮންމެ ސުވާލެއް ކުރުމުގެ ފުރުޞަތު ދެއްވައި ވަރަށް ސާބިތުކަމާއެކު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ނޫސްވެރިންގެ ހުރިހާ ސުވާލަކަށް ޖަވާބުދެއްވައިފިއެވެ. މިއީ ރައީސް ޔާމީންގެ އާދަޔާ ޚިލާފް ނޫސްވެރިންގެ ބައްދަލުވުމެއްގެ ގޮތުގައި ނޫސްވެރިން ދަނީ ސިފަކުރަމުންނެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކީ ގިނަ ދުވަސްތަކަކަށްފަހު ރައީސް ޔާމީން ނޫސްވެރިންނާއި ބައްދަލުކުރެއްވި ބައްދަލުކުރެއްވުމެކެވެ. އެމަނިކުފާނުގެ މައްޗަށް އިދިކޮޅު ސިޔާސީ މީހުން ކުރާ ޚިޔާނާއި ފަސާދައާއި އަދިވެސް ނޭދެވޭ ބައެއްކަންކަމުގެ އަސްލެއްނެތް ބައެއް ތުހުމަތުތަކާ ގުޅިގެން ނޫސްވެރިން ދެންނެވި ސުވާލުތަކަށް އެއްވެސް ފަސްޖެހިވަޑައިގަތުމެއް ނެތި ފުރުޞަތުދެއްވުން ވެގެންދިޔައީ ނޫސްވެރިން ޙައިރާންވިކަމަކަށެވެ. މިއީ ނުސްވެރިންވެސް ހިތްހަމަޖެހި، އެމީހުންނަށް ހިނުތުންވުން ގެނުވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ގޮތުއި މީޑިއާތަކުން ދަނީ ސިފަކުރަމުންނެވެ. ނޫސްވެރިންގެ ކުރިމައްޗަށް ވަޑައިގެން ބޭނުން ކޮންމެ ސުވާލަކަށް، ރައީސް ފުރުސަތުދެއްވީ ވަގުތައް ބެއްލެވުމެއްނެތިއެވެ. މިއީ މިހާތަނަށް ރާއްޖޭގެ ސިޔާސީ ލީޑަރެއްގެ ކިބައިން ފެނިފައިވާކަމެއް ނޫނެވެ.

tw:https://twitter.com/PSMnewsmv/status/884977135018024960

ރައީސް ޔާމީންގެ މައްޗަށް އިދިކޮޅު ފަރާތްތަކުން ކުރާ ހުރިހާ ތުހުމަތުތަކާ ބެހޭގޮތުން ސުވާލުކުރުމުގެ ފުރުޞަތު ރައީސް ދެއްވިއެވެ. ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ.ޢަބްދުﷲ ޚަލީލް މި ނޫސްވެރިންގެ ބައްދަލުވުން ނިންމާލެއްވުމަށް އިޝާރާތްކުރެއްވުމުންވެސް ރައީސް ވަނީ ނޫސްވެރިންގެ ސުވާލު ހުސްވަންދެން ފުރުޞަތު ދެއްވަން އަންގަވާފައެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ވަރަށް ސާބިތުކަމާ އެކު ޖަވާބުދެއްވި ވަގުތު ފެނުނީ އެމަނިކުފާނުގެ ކެރިވަޑައިގަތުމާއި ސާބިތުކަމެވެ. އެމަނިކުފާނު ދެއްވި ޖަވާބުތަކަކީވެސް ވަރަށް ސާދާ މާނަހުރި ޖަވާބުތަކެއްކަން ފާހަގަކުރެވެއެވެ.

ނޫސްވެރިންގެ ބައްދަލުވުން ނިންމާލެއްވީ ނޫސްވެރިން ކުރާނެ ކޮންމެ ސުވާލަކަށް ފުރުޞަތު ދެއްވާ އިތުރު ސުވާލެއް އޮތްތޯ އެއްސެވުމަށްފަހު، ނޫސްވެރިންގެ ސުވާލުތައް ހުސްވުމުންނެވެ. އަދި މި ބައްދަލުވުމަށްފަހުވެސް ހުރިހާ ނޫސްވެރިންނަށާއި ކެމެރާމަނުންނާއި ފޮޓޯގްރާފަރުންނަށް އެމަނިކުފާނާއި ވާހަކަދައްކާލައި ފޮޓޯ ނެގުމުގެ ފުރުޞަތުވެސް ދެއްވާފައިވެއެވެ. މި ނޫސްވެރިންގެ ބައްދަލުވުމަށް ދިޔަ ހުރިހާ ނޫސްވެރިން އެމަނިކުފާނާއެކު ސެލްފީއާއި ފޮޓޯ ނެގިއެވެ. މި ނޫސްވެރިންގެ ބައްދަވުން އަޅުގަނޑަށް ސިފަކުރެވެނީ ރައީސް ޔާމީންގެ އާދަޔާ ޚިލާފް ނޫސްވެރިންގެ ބައްދަލުވުމެއްގެ ގޮތުގައެވެ.