ޚަބަރު

ސޭލްސް އެޖެންޓުންނަށް ބާއްވާ "ސޭލްސް ކޮންފަރެންސް" ފަށައިފި


އަތޮޅުތަކުގައި ޙަރަކާތްތެރިވާ މޯލްޑިވިއަންގެ ސޭލްސް އެޖެންޓުންނަށް އަމާޒްކޮށްގެން ބާއްވާ "ސޭލްސް ކޮންފަރެންސް" ފަށައިފިއެވެ.

އަތޮޅުތަކުގައި ހަރަކާތްތެރިވާ މޯލްޑިވިއަންގެ ޕެސެންޖަރ ސޭލްސް އެޖެންޓުންނަށް އަމާޒްކޮށްގެން ބާއްވާ މި ކޮންފަރެންސް ކުރިއަށްދަނީ އައްޑޫ ސިޓީގައެވެ. މި ކޮންފަރެންސްގައި އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި މޯލްޑިވިއަންގެ ސޭލްސް އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވެފައިވެއެވެ.

img:http://s2.psmnews.mv/images/660x400/14996814489059.jpg|ސޭލްސް ކޮންފަރެންސްގެ ތެރެއިން / ފޮޓޯ: މޯލްޑިވިއަން

އައިލެންޑު އޭވިއޭޝަންގެ ހެޑް އޮފް ހިއުމަން ރިސޯސަސް ހުސެއިން ސުހެއިލް ވިދާޅުވީ މި ކޮންފަރެންސްގެ ބޭނުމަކީ ސޭލްސް އެޖެންޓުންނަށް ދިމާވާ ދަތިތަށް ދެނެގަނެ، އެދަތިތައް ހައްލުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރުން ކަމަށެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ވިސްނުން ހުރީ މިފަދަ ކޮންފަރެންސްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ބޭއްވުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން އަންނަ މަހު މީގެ ކޮންފަރެންސްއެއް ގއ. އާއި ގދ. ގެ މޯލްޑިވިއަންގެ ސޭލްސް އެޖެންޓުންނަށް އަމާޒްކޮށްގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކަމަށް ސުހެއިލް ވިދާޅުވިއެވެ.

އައްޑޫ ސިޓީ އިކުއޭޓަރ ވިލެޖްގައި އެއްދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ކޮންފަރެންސްގައި ވިހި ފަރާތަކުން ބައިވެރިވެފައިވެއެވެ.