ޚަބަރު

ލަންކާއާއި ހޮންގްކޮންގްއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ


ދިވެހިންގެ މެދުގައި މަޤްބޫލްކަން ހޯދަމުން އަންނަ މަންޒިލެއް ކަމަށްވާ ހޮންގް ކޮންގް އާއި ސްރީލަންކާއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ސްރީލަންކަން އެއަރލައިންސްއުން ނިންމައިފިއެވެ.

ސްރީލަންކަން އެއަރލައިންސްއަކީ ދުވާލެއްގެ މައްޗަށް ރާއްޖެއާއި ސްރީލަންކާއާ ދެމެދު އާއްމުގޮތެއްގައި ތިން ދަތުރު އަދި ބައެއް ދުވަސްތަކުގައި ހަތަރު ދަތުރު ކުރާ އެއަރލައިނެކެވެ. އެހެންކަމުން މި ދަތުރުތަކާއެކު ހޮންގުން ރާއްޖެއަށް އަންނަން ބޭނުންވާ ފަތުރުވެރިންނަށް ވަރަށްބޮޑަށް ފަސޭހަވެގެންދާނެއެވެ. އަދި ރާއްޖެއިން ހޮންގް ކޮންގަށް ދާން ބޭނުންވާ ދިވެހިންނަށްވެސް ފަސޭހަވެގެންދާނެއެވެ.

ހަފްތާއަކު ފަސްދަތުރު ސްރީލަންކަންއިން ހޮންގްކޮންގަށް ކުރުމަށް ހަމަޖެހިފައިވާއިރު، ހޮންގް ކޮންގަށް ސްރީލަންކަން އެއަރލައިންސްގެ ސީދާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ ފަނަރަވަނަ ދުވަހުއެވެ.