ސިޔާސީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ އޮންނާނެ - މަޖިލީހުގެ އިދާރާ





 


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ އޮންނާނެކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.


 
މަޖިލީހުގެ އިދާރާއިން ބުނީ މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަކީ މިދައުރުގެ ތިން ވަނަ ޖަލްސާ ކަމަށެވެ. އަދި މިޖަލްސާ އޮންނާނެކަން މަޖިލީހުގެ ރައީސް މެމްބަރުންނަށް އަންގަވާފައިވާ ކަމަށް މަޖިލީހުގެ އަމީން އާއްމު ވިދާޅުވިއެވެ. މިމަހުގެ ތިންވަނަ ދުވަހު މަޖިލިސް މިއަހަރަށް ހުޅުވުމަށްފަހު ބާއްވަފައިވަނީ އެންމެ ޖަލްސާއެކެވެ. 




 


މިމަހުގެ ބާރަވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް މެމްބަރެއް އައްޔަންކުރުމަށްފަހު، މަޖިލީހުގެ ރައީސް މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައިވަނީ މަޖިލީހުގެ އިންތިހާބު ނިމެންދެނެވެ.