އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުންގެ މަޤާމަށް ރައްޔިތުން މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްއާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އިންތިޚާބުކޮށްފިއެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އިންތިހާބަކަށް ދާންޖެހުނީ ހަމައެކަނި ޑެޕިއުޓީ ލީޑަރުކަމުގެ މަގާމަށެވެ. އެހެން ހުރިހާ މަޤާމުތަކަށް މެމްބަރުން ހޮވާފައިވަނީ އެއްވެސް އިންތިހާބަކާއި ނުލައެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރަށް މިފަހަރުވެސް އިންތހާބުކޮށްފައިވަނީ އެ މަޤާމްގައި ކުރިންވެސް ހުންނެވި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހްއެވެ. އެނާވެސް އެ މަޤާމަށް ހޮވިފައިވަނީ އިންތިޚާބަކަށް ނުގޮހެވެ.