ކުޅިވަރު

ޕެޕޭ ބެސިކްޓާސްއަށް ސޮއިކޮށްފި


ރެއާލްމެޑްރިޑްގެ ޑިފެންޑަރ ޕެޕޭ ތުރުކީގެ ޗެމްޕިއަން ބެސިކްޓާސްއަށް ސޮއިކޮށްފިއެވެ. 

34 އަހަރުގެ ކުޅުންތެރިޔާ ބެސިކްޓާސްއާ ގުޅުނީ ފްރީ ޓްރާންސްފަރއެއްގައެވެ. މެޑްރިޑާއެކު ޕެޕޭ ހަދާފައިވާ ކޮންޓްރެކްޓް މިއަހަރު ވަނީ ހަމަވެފައެވެ. ޕޯޗްގަލްގެ ޤައުމީ ޓީމްގެވެސް މުހިންމު ކުޅުންތެރިއެއް ކަމަށްވާ ޕެޕޭ ބެސިކްޓާސްއާ ގުޅުނީ ފްރާންސްގެ ޕީއެސްޖީއިން އޭނާ ހޯދުމަށް މަސައްކަތް ކުރަމުންދަނިކޮށެވެ. 2007ވަނަ އަހަރު ޕޯތޯއިން ރެއާލްމެޑްރިޑާ ގުޅުނު ޕެޕޭ ވަނީ މެޑްރިޑްގެ ޖާޒީގައި 350 މެޗް ކުޅެފައެވެ. މީގެ އިތުރުން އޭނާ ވަނީ ރެއާލްމެޑްރިޑާއެކު ތިން ފަހަރު ލަލީގާ އަދި ތިން ފަހަރު ޗެމްޕިއަންސް ލީގުވެސް ހޯދާފައެވެ.

ޕެޕޭ އަންނަނީ ފަހަކަށް އައިސް ޤައުމީ ޓީމްގައި މޮޅު ކުޅުމެއް ދައްކަމުންކަން ފާހަގަކޮށްލެވެއެވެ.