ސިއްހަތު

ކުއްލި ހާލަތުގައި ފަރުވާދިނުމާބެހޭ ތަމްރީން ކޯހެއް ފަށައިފި


ކުއްލި ޙާލަތަށް ތައްޔާރުވުމާއި އެފަދަ ޙާތަލުގައި ކުޑަކުދިންނަށް އަވަސް ފަރުވާދިނުމާ ގުޅޭގޮތުން ޑޮކްޓަރުންނާއި ނަރުހުންނަށް އަމާޒުކޮށް އައި.ޖީ.އެމް.އެޗްގައި ތަމްރީން ކޯހެއް ފަށައިފިއެވެ. އޮސްޓްރޭލިއާއާއި ސްރީލަންކާގެ ފަންނީ މާހިރުން ވަޑައިގެން ކުރިއަށްގެންދަވާ މިތަމްރީން ކޯހުގައި ކުއްލި ޙާލަތުގައި މުޢާމަލާތްކުރާނެ ގޮތް ބައިވެރީންނަށް ދަސްކޮށްދެއްވާނެކަމަށް އައި.ޖީ.އެމް.އެޗުން މަޢުލޫމާތުދެއެވެ. 

14 ބާއިވެރިންނާއެކު ކުރިއަށްގެންދާ މިކޯހުގައި ކިޔަވައިދެއްވަނީ އޮސްޓްރޭލިއާގެ 6 ޑޮކްޓަރަކާއި ސްރީލަންކާގެ 2 ޑޮކަޓަރުންނެވެ. މިހާރު މިކޯސް ކުރިއަށްދަނީ މާލޭގައި ނަމަވެސް ކުރިއަށް އޮތްތަނުގައި އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގެ ޑޮކްޓަރުނަށް އަމާޒުކޮށްގެން މިކޯސް ހިންގާނެކަމަށް އައި.ޖީ.އެމް.އެޗުން މަޢުލޫމާތުދެއެވެ.

ކުއްލި ޙާލަތުގައި އަވަސް ފަރުވާ ދޭންޖެހޭ ވަގުތުތަކަށް ޑޮކްޓަރުންނާއި ނަރުހުން ތަމްރީނު ކުރުމަށް މިނިސްޓްރީ އޮފް ހެލްތުން ޚާއްސަ އިސްކަމެއްދެއެވެ. 6 ދުވަހުގެ މުއްދަތައް ކުރިއަށްދާ މިކޯހަކީ ޔުނިސެފާއި ގުޅިގެން މިނިސްޓްރީން ބާއްވާ މިފަދަ ތިންވަނަ ތަމްރީން ކޯހެވެ.