ކުޅިވަރު

ބައިބަލާ 1438ގެ ޗެމްޕިއަންކަން ކްލަބް ޓީނޭޖް ހޯދައިފި


އޮއެހާ ސްޕޯޓްސް ކްލަބް ބަލިކޮށް މިއަހަރުގެ ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ކްލަބް ޓީނޭޖް ހޯދައިފިއެވެ. 

ކްލަބް ޓީނޭޖް ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ކުޅުނު ދެގޭމް އެއްވަރުވުމާއެކު ގަދަހިފުން ކާމިޔާބުކޮށްގެންނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކީ ކްލަބް ޓީނޭޖްގެ ޙުސައިން ރަޝީދެވެ. މީ ބައިބަލާ މުބާރާތުގެ ތަށި ޓީނޭޖް އުފުލާލި 3 ވަނަ ފަހަރެވެ. އަދި މިފަހަރުގެ ތަށްޓަކީ 13 އަހަރަށްފަހު ކްލަބް ޓީނޭޖް ހޯދި ފުރަތަމަ ތަށިވެސްމެއެވެ. 

ޗެމްޕިއަން ޓީނޭޖް ފައިނަލަށް ދަތުރުކުރީ ރޭ ކުޅުނު ސެމީފައިނަލް ފުރަތަމަ މެޗްގައި ޒެފްރޯލްގެ މައްޗަށް ކުރިހޯދައިގެންނެވެ. އޮއެހާ ސްޕޯޓްސް ކްލަބް ފައިނަލަށް ދަތުރުކުރީ ސެމީފައިނަލްގައި ހުޅުމާލޭ ސްޕޯޓްސް ކްލަބާ ބައްދަލުކޮށް މެޗް ކާމިޔާބުކޮށްގެންނެވެ. މިއަހަރުގެ މިސްޓަރ ބައިބަލާއަކަށް ހޮވުނީ މިދިޔަ އަހަރުވެސް އެމަޤާމް ޙާސިލްކުރި އޮއެހާ ސްޕޯޓްސް ކްލަބްގެ އަސްލަމް ވާޙިދެވެ. 

މިއަހަރުގެ ބައިބަލާ މުބާރާތުގެ މޮޅު 5 ކުޅުންތެރިންނަކީ :

 ޗެމްޕިއަން ޓީނޭޖްގެ އަޙްމަދު މުޙައްމަދު، ޙުސައިން ރަޝީދު، ރަނަރއަޕް އޮއެހާ ސްޕޯޓްސް ކްލަބްގެ ޢަބްދުﷲ ޝާފިއު، ހުޅުމާލެ ސްޕޯޓްސް ކްލަބްގެ އަފްޝީން ހާޝިމް އަދި ކްލަބް ޒެފްރޯލްގެ އިބްރާހީމް ޝަދޫނެވެ. 

މިމުބާރާތުގެ އެންމެ މޮޅު ކޯޗަކީ ކްލަބް ޓީނޭޖްގެ ކޯޗް ފަޒްލަތު އިބްރާހީމެވެ. އެންމެ މޮޅު ޒުވާން ކުޅުންތެރިއަކީ ޕަންކް ދި ނެކްސްޓް ލެވެލްގެ އިބްރާހީމް ނިހާނެވެ. ފެއާޕްލޭ ޓީމަކީ ކްލަބް ޒެފްރޯލެވެ. މިއަހަރުގެ ބައިބަލާ މުބާރާތުގައި ޖުމްލަ 39 ޓީމްވަނީ ވާދަކޮށްފައެވެ.