ސިއްހަތު

ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވާތީ ސަމާލުވުމަށް އިލްތިމާސްކޮށް


މިދުވަސްވަރު ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ. 

އެޗްޕީއޭއިން ބުނީ ފާއިތުވި ދެތިން ދުވަހު ބޭރަށް ހިންގުމާއި ހޮޑުލުމުގެ މައްސަލަތަކުގައި ޑޮކްޓަރަށް ދައްކާ މީހުން އިތުރުވެފައިވާކަމަށާ، މިކަމަށް ސަމާލުވުމަށް ޢާއްމުންނަށް އިލްތިމާސްކުރާކަމަށެވެ. 

tw:https://twitter.com/HPA_MV/status/881524971813478404

އެޗްޕީއޭގެ އިތުރުން ސިއްޙީ ޚިދުމަތްދޭ ބައެއް ތަންތަނުންވެސްވަނީ މިމައްސަލަ ފާހަގަކޮށް ސަމާލުވުމަށް ޢާއްމުންނަށް އިލްތިމާސްކޮށްފައެވެ. އެގޮތުން އޭޑީކޭއިން ވަނީ ބޭރަށް ހިންގުމާއި ހޮޑުލުމުގެ މައްސަލަތަކުގައި ޑޮކްޓަރަށް ދައްކާ މީހުންގެ ޢަދަދު އިތުރުވަމުންދާކަމަށާ، ފާއިތުވި ދެތިން ދުވަހު މިކަން ވަރަށްބޮޑަށް ފާހަގަކުރެވިފައިވާކަން ފާހަގަކޮށްފައެވެ. 

tw:https://twitter.com/ADKHospital/status/881523101057470465

ބޭރަށް ހިންގުމާއި ހޮޑުލެވުމުގެ މައްސަލަތައް ދިމާވާނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި، މިފަދަ ބަލިތަކުން ސަލާމަތްވުމަށް ޢާއްމު ސާފުތާހިރުކަމަށްދޭ ސަމާލުކަން އިތުރުކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.