ވިޔަފާރި

ސްކޫލް ކުދިންނަށް ހުޅުމާލެ އާއި މާލެއާ ދެމެދުހިލޭ ދަތުރު ކުރެވޭނެ





 


ސްކޫލްތަކުގެ ދަރިވަރުންނަށް ހުޅުމާލެ އާއި މާލެއާ ދެމެދުހިލޭ ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ސަރުކާރުން ނިންމައިފިއެވެ.



ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު އަލީ ވިދާޅުވީ ސްކޫލް ޔުނީފޯމްގައި ދަތުރުކުރާ ދަރިވަރުންނަށް ހުޅުމާލެއާއި މާލެއާއި ދެމެދު ހިލޭ ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ރައީސް އަބްދުﷲ ޔާމީން މިހާރު އެމްޓީސީސީއަށް އަންގަވާފައިވާކަމަށެވެ.


 މުޢާޒް ވިދާޅުވީ އެގޮތަށް ހަމަޖައްސަން ރައީސް ޔާމިން ނިންމެވީ ހުޅުމާލޭގައި ދިރިއުޅޭ ގިނަ ސްކޫލް ކުދިންނަކީ ވެސް މާލޭގެ ސްކޫލްތަކަށް ކިޔަވަން އަންނަން ކުދިންނަށް ވާތީ އެކަމަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުންކަމަށެވެ.