ޚަބަރު

ރައީސް ޔާމީން, ޕީޕީއެމްގެ އިސްވެރިންނާ ބައްދަލުކުރައްވައިފި


ޕީޕީއެމްގެ މުސްތަޝާރު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެ ޕާޓީގެ ދެ ނާއިބް ރައީސުންނާއި ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރާ ބައްދަލުކުރައްވައިފިއެވެ.

ޕީޕީއެމް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުންނާއި، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމާއި ގުޅޭގޮތުން މިބައްދަލުކުރެއްވުމުގައި މުސްތަޝާރު މަޝްވަރާކުރެއްވިކަމަށް ޕީޕީއެމުން ހާމަކުރެއެވެ. މީގެ އިތުރުން ޕީޕީއެމްގެ އެކި ގުނަންތައް މިހާރަށްވުރެ ހަރުދަނާގޮތެއްގައި ޙަރަކާތްތެރިވެ ޤައުމަށް އެންމެ ފައިދާހުރި ގޮތުގައި މަސައްކަތް ކުރުމަށް ކުރަންޖެހޭ ކަންކަމާއި، ހަރުދަނާކުރަންޖެހޭ ކަންކަމުގެ މައްޗަށްވެސް ޕާޓީގެ މުސްތަޝާރު މިބައްދަލުކުރެއްވުމުގައި އަލި އަޅުވާލެއްވިކަމަށް ޕިޕީއެމުން ބުނެއެވެ.

މިބައްދަލުކުރެއްވުމުގައި ޕީޕީއެމްގެ ނައިބު ރައީސުންކަމަށްވާ މޫސާ ޒަމީރާއި އަބްދުއްރަހީމް އަބްދުﷲ އާއި ޕީޖީގެ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ބައިވެރިވެވަޑައިގެންނެވިއެވެ.