ޚަބަރު

އަލިފުއްޓަށް އަލުން ކަރަންޓްގެ ޚިދުމަތް ދޭން ފަށައިފި


ހަތަރު ދުވަސް ވަންދެން ކަރަންޓުގެ ނުލިބި އޮތް ރ.އަލިފުއްޓަށް އަލުން ކަރަންޓްގެ ޚިދުމަތް ދޭން ފަށައިފިއެވެ. 

600 ކިލޯ ވޮޓުގެ އާ ޖަނެރޭޓަރެއް ގެންގޮސް، އިންސްޓޯލް ކުރުމަށްފަހު، މުޅި ރަށަށް ކަރަންޓްގެ ޚިދުމަތް މިހާރު އަލުން ދޭން ފަށާފައިވާކަމަށް އަލިފުށީ ކައުންސިލުން ބުންޏެވެ. 2800 މީހުން ދިރިއުޅޭ އަލިފުށީ ކައުންސިލުން ބުނީ އެރަށު ރައްޔިތުންނާއި ކައުންސިލާއި ފެނަކަ ކޯޕަރޭޝަން ގުޅިގެން ކުރި މަސައްކަތުން މިއަދު ހެނދުނު 6:00ގައި ކަރަންޓް ދީފައިވާ ކަމަށެވެ. 

img:http://s2.psmnews.mv/images/660x400/14988867402281.jpg|އަލިފުއްޓަށް އަލުން ކަރަންޓުގެ ޚިދުމަތް ދިނުމަށް ޖަނަރޭޓަރެއް ގެންދަނީ -

600 ކިލޯވޯޓުގެ ޖަނަރޭޓަރެއް އަލިފުށްޓަށް ގެންގޮސް އަލުން އެރަށަށް ކަރަންޓްގެ ޚިދުމަތް ދޭން ފެށިއިރު ކަރަންޓް މައްސަލަ ހައްލު ކުރުމުގެ ގޮތުން ފެނަކައިން ވަނީ މީގެކުރިން 200 ކިލޯވޮޓުގެ ޖަނަރޭޓަރެއްވެސް އެރަށަށް ފޮނުވާފައެވެ. ނަމަވެސް ކަރަންޓް މައްސަލަ ޖެހުމުގެ ކުރިން އެރަށުގައި ބޭނުންކުރި ޖަނަރޭޓަރާއި މައްސަލަ ޖެހުމުން އެރަށަށް ފޮނުވި 200 ކިލޯވޯޓުގެ ޖަނަރޭޓަރު ސިންކްރޮނައިޒް ކުރުމުގައި މައްސަލަތަކެއް ދިމާވުމުގެސަބަބަން ޖަނަރޭޓަރުން އެންމެ އެދެވޭ ގޮތުގައި ކަރަންޓު ފޯރުކޮށްދިނުމުގައި ދަތިތަކެއް ވަނީ ދިމާވެފައެވެ. އެހެންކަމުން ފެނަކައިން އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި އެރަށަށް 600 ކިލޯވޯޓުގެ ޖަނަރޭޓަރެއް ވަނީ ފޮނުވާފައެވެ.