ޚަބަރު

އުތުރާއި މެދުރާއްޖެތެރޭގެ ރަށްރަށަށް މިއަދުވެސް އުދައަރާނެ


އުތުރާއި މެދުރާއްޖެތެރޭގެ ރަށްރަށަށް މިއަދުވެސް އުދައަރާނެކަމަށް ލަފާކުރެވޭ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުން ހާމަކޮށްފިއެވެ.

އުދައަރާނެކަމަށް ލަފާކުރެވެނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައިކަމަށް މޫސުމާއި ބެހޭ އިދާރާއިން މަޢުލޫމާތުދެއެވެ.

މެދުރާއްޖެތެރެއަށް ދިޔަވަރު ބޮޑުވާނީ މެންދުރުވަގުތުގައެވެ. މިއަދު ރާއްޖޭގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެ ކަމަށްވެސް އެއިދާރާއިން މަޢުލޫމާތުދެއެވެ. ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކުގެ ދިޔަވަރު އާދައިގެ ވަރަކަށް ބޮޑުވިނަމަވެސް މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ހާމަކުރެއެވެ.