ޚަބަރު

މޯލްޑިވިއަނުން ޢީދު ހަދިޔާގެ ގޮތުގައި 50 ފަރާތަކަށް ދެކޮޅު ޓިކެޓް


މޯލްޑިވިއަނުން ޢީދު ހަދިޔާގެ ގޮތުގައި 50 ފަރާތަކަށް ދެކޮޅު ޓިކެޓް ދީފިއެވެ.

އީދު ހަދިޔާގެ ގޮތުގައި މި ޓިކެޓްތައް ދީފައިވަނީ، ފިތުރު އީދު ދުވަހު މޯލްޑިވިއަން މެދުވެރިކޮށް ރާއްޖޭގެ އެކި މަންޒިލްތަކަށް ދަތުރުކުރި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ފަރާތްތަކަށެވެ.

މޯލްޑިވިއަނުން ބުނީ، ގުރުއަތުން ހޮވުނު ފަންސާސް މީހުނަށް މޯލްޑިވިއަންގެ އުދުހުންތައް ބާއްވަމުން އަންނަ ރާއްޖޭގެ މަންޒިލްތަކުގެ ތެރެއިން އެމީހަކު ބޭނުންތަނަކަށް ދިއުމަށް ދެކޮޅު ޓިކެޓް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

މޯލްޑިވިއަނުން ބުނީ، ފިތުރު އީދުދުވަހު މޯލްޑިވިއަނުންކުރި ދަތުރުތަކަށް ވަރަށްބޮޑު ތަރުހީބެއް ލިބިފައިވާކަމަށެވެ.

img:http://s4.psmnews.mv/images/660x400/14985086036060.jpg|

ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިނުން މިފަދަ ހަދިޔާއެއް ދިނުމުން ދަތުރުވެރިން ވަނީ، އުފަލާއިއެކު އެކަން ބަލައިގަނެ، މޯލްޑިވިއަނަށް ޝުކުރު އަދާކޮށްފައެވެ.

މޯލްޑިވިއަނުން އަންނަނީ، ރާއްޖޭގައި އޮޕަރޭޓްކުރާ ދިހަ އެއަރޕޯޓައްވެސް އެއަރލައިންގެ ދަތުރުތައް ބާއްވަމުންނެވެ. މީގެ ތެރޭގައި ހިމެނެނީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، އައްޑޫސިޓީގެ ގަން އެއަރޕޯޓް، ބ ދަރަވަންދޫ އެއަރޕޯޓް، ޏ ފުވައްމުލަކް ސިޓީ އެއަރޕޯޓް، ހދ ހަނިމާދޫ އެއަރޕޯޓް، ރ އިފުރު އެއަރޕޯޓް، ގދ ކާޑެއްދޫ އެއަރޕޯޓް، ލ ކައްދޫ އެއަރޕޯޓް، ގއ ކޫއްޑޫ އެއަރޕޯޓްގެ އިތުރުން ދ ކުޑަހުވަދޫ އެއަރޕޯޓް ހިމެނެއެވެ.