ޚަބަރު

އިމާރާތެއްގެ މަތިން ވެއްޓި ބިދޭސީއަކު މަރުވެއްޖެ


ހުޅުމާލޭގައި އިމާރާތްކުރަމުންދިޔަ އިމާރާތެއްގެ މަތިން ވެއްޓި ބިދޭސީއަކު މަރުވެއްޖެއެވެ.

މިމީހާ މަރުވެފައިވަނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް މިއަދު ހަވީރު ހަގަޑި ފަންސަވީސް ހާއިރުކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި މީހާ ވެއްޓުނު މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު މެންދުރު އެއްގަޑި ސާޅީސްހާއިރު ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.

މި މީހާ ވެއްޓުނީ އެކްސްޕާޓްސް މޯލްޑިވްސް ގެ ފަރާތުން އިމާރާތްކުރަމުންދާ ފްލެޓެއްގެ ހަތްވަނަ ބުރިންކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި މި މީހާ އެ ފްލެޓްގެ 7 ވަނަ ބުރިން ވެއްޓުނީ ދެވަނަ ފަންގިފިލާގެ ތެރެއަށްކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.

މަރުވެފައިވަނީ އުމުރުން 35 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.