ޚަބަރު

ރާއްޖެ އެތެރެކުރި 23 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި


ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓާއި މޯލްޑިވްސް ކަސްޓަމްސް ގުޅިގެން ހިންގި 7 އޮޕަރޭޝަނެއްގައި 23 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓްގެ ޑެޕިއުޓީ ހެޑް އައިމިނަތު ސުޒީ ވިދާޅުވީ މި 7 އޮޕަރޭޝަންގައި 7 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަކަމަށާ މި މީހުންނަކީ ޑްރަގްގެ ވިޔަފާރިކުރާ ބޮޑު ނެޓްވޯކެއްގެ ބައެއް ކަމަށް ބެލެވޭ ކަމަށެވެ. ސުޒީ ވިދާޅުވީ ފުލުހުން ހިންގި އޮޕަރޭޝަން ތަކުގައި ފުލުހުން އަތުލައިގެން މަސްތުވާތަކެތީގެ މަގުމަތީ އަގު 30 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

މީގެ ތެރޭގައި ހިމެނެނީ، އިންޑިއާގެ ޓްރިވެންޑްރަމުން ރާއްޖެއައި 3 ދިވެހިންގެ ފޮށިން ފެނުނު މަސްތުވާތަކެއްޗާއި، ހުޅުމާލެއާއި މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ފުލުހުން އަތުލައިގެންފައިވާ މަސްތުވާތަކެތި ކަމަށް ފުލުހުން ބުނެއެވެ.