ޚަބަރު

ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގައި އެކަކުގެ ހާލު ސީރިއަސް


ފުވައްމުލަކު ސިޓީގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.

މީގެތެރެއިން އެކަކުގެ ހާލު ސީރިއަސްކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ އުމުރުން ފަންސާސް ނުވަ އަހަރުގެ މީހަކަށް ކަމަށެވެ. އޭނާއަށް ފުވައްމުލަކު އަތޮޅު ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މިރޭ ދިހައެއްޖަހާ ކަންހާއިރު މި އެކްސިޑެންޑް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް އެހެން ސައިކަލެއްގައި ޖެހިގެންނެވެ. މިހާދިސާގައި އަނިޔާވެފައިވަނީ މި ދެސައިކަލްގައި ތިބި ތިން މީހުންނަށްކަމަށް ފުލުހުން ވިދާޅުވެއެވެ. މި ހާދިސާ މޯލްޑިވްސް ޕޮލިސް ސާރވިސްއިން ގެންދަވަނީ އިތުރަށް ތަޙްޤީޤް ކުރައްވަމުންނެވެ.