ޚަބަރު

ޒަޚަމްތަކަކާއެކު މީހަކު މަރާލާފައި އޮއްވާ ފެނިއްޖެ


ހއ.އިހަވަންދޫ އައިސް ޕްލާންޓުގެ ތެރޭގައި ޒަޚަމް ތަކަކާއެކު މީހަކު މަރާލާފައި އޮއްވާ ފެނިއްޖެއެވެ.

މަރާލާފައި އޮއްވާ ފެނިފައިވަނީ 54 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި މައްސަލައިގެ ތުހުމަތުގައި ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙްޤީޤް ކުރުމަށް އެރަށުގައި ހަރަކާތްތެރިވަމުންނެވެ.

މަރާލާފައި އޮއްވާ ފެނުނު މީހާއާ ބެހޭ އިތުރު ތަފްސީލް އަދި ފުލުހުން ހާމަކޮށްފައެއްނުވެއެވެ.

މި މީހާ މަރާލާފައި އޮއްވާ ފެނިގެން ރިޕޯޓް ކޮށްފައިވަނީ  ހަވީރު ހަތަރުގަޑި ފަނަރަ ހާއިރު ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި ހާދިސާގެ ރިޕޯޓް ލިބުމާއެކު ފުލުހުން ވަނީ މި ޙާދިސާ ހިނގި ސަރަޙައްދަށް ގޮސް ތަޙްޤީޤް ކުރުމުގެ މަސައްކަތް ފަށާފައެވެ.