ޚަބަރު

އެކްސިޑެންޓްވި ދޯނީގެ ކެޕްޓަންގެ ބަންދަށް އިތުރު 10 ދުވަސް ދީފި


ރީތިރަށް ރިސޯޓް ކައިރިން އެކްސިޑެންޓްވި ލޯންޗާއި ދޯނީގެ މައްސަލައިގައި ދޯނީގެ ކެޕްޓަންގެ ބަންދަށް އިތުރު 10 ދުވަސް ދީފިއެވެ.

ސަމަރ އައިލެންޑް ރިސޯޓުން ދަތުރުކުރަމުންދިޔަ އުޅަނދެއް، ރީތިރަށް ރިސޯޓް ކައިރީގައި އަޅާފައި އޮތް އުޅަނދަކާ ޖެހި ހިނގި އެކްސިޑެންޓާއި ގުޅިގެން ހައްޔަރު ކުރެވުނު ދޯނީގެ ކެޕްޓަންގެ ބަންދަށް އިތުރު 10 ދުވަސް ދީފައިވަނީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި ހާދިސާއާއި ގުޅިގެން ހައްޔަރު ކުރެވުނު ބިދޭސީން ޑީޕޯޓްކޮށްލުމަށް މި މަހުގެ 7 ވަނަ ދުވަހު އިމިގްރޭޝަނާއި ޙަވާލުކުރެވިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.