ޚަބަރު

އެމެރިކާ ސަފީރު، ޑިފެންސް މިނިސްޓަރާއި ބައްދަލުކުރައްވައިފި


އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަތުލް ކޭޝަޕް، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރުގެ އަރިހަށް އިޚްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ޑިފެންސް މިނިސްޓްރީގައި މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި ދިފާޢީ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މީގެ އިތުރުން ޓެރަރިޒަމާއި ހައްދު ފަހަނައަޅައިދިއުމުގެ ކަންކަމުގައި ދެ ޤައުމު ގުޅިގެން ކުރެވޭނެ މަސައްކަތްތަކާއި ގުޅޭ ގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާ ކުރައްވާފައެވެ. tw:https://twitter.com/MvDefence/status/874610426520059904

މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޒުހައިރު ވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލު ކުރެއްވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށް ޑިފެންސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.