ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓްގެ މަގާމަށް، މާފަންނު ފެހިފަރުދާގެ އިރުމަތީބައި، އިބްރާހީމް އިމްޖާދު ޖަލީލް، ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަނު ކުރައްވައިފިއެވެ.
އިމްޖާދު މީގެ ކުރިން ވަނީ ސަރުކާރު ޙިއްޞާވާ ޓެލެކޮމިއުނިކޭޝަން ކުންފުނި - ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވްގެ މަޤާމު ފުރުއްވާފައެވެ.