ޚަބަރު

ތެލުގެ ބާވަތްތަކުގެ ޑިއުޓީ ކުޑަކުރުމަށް ޕީޕީއެމުން މަޖިލީހަށް


ތެލުގެ ބާވަތްތަކުގެ ޑިއުޓީ 10 އިންސައްތައިން 5 އިންސައްތައަށް ކުޑަކުރުމަށް ސަރުކާރު ހިންގާ ޕާޓީން ރައްޔިތުންގެ މަޖިިލީހަށް ފޮނުވައިިފިއެވެ.

އިމްޕޯރޓް އެކްސްޕޯޓް ޤާނޫނަށް ހުށައެޅި މި އިޞްލާޙް މިހާރު ވަނީ މާދަމާ ބައްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައެވެ. މި އިޞްލާޙް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ޕީޕިއެމްގެ ޕީޖީ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވީ މިއީ ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފަސޭހަކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފޮނުވި ބިލެއްކަމަށެވެ.

މި ބިލް ސަރުކާރުން މަޖިލީހަށް ފޮނުވި ބޭނުންތަކުގެ ތެރޭގައި ކަރަންޓާއި ކާބޯތަކެއްޗާއި އެހެންވެސް އަސާސީ ބާވަތްތަކުގެ އަގުދައްކުރުމަށް މަހުފަހިކުރުން ހިމެނެއެވެ.

ސަރުކާރަށް ލިބޭ ޢާމްދަނި މަދުވިނަމަވެސް ރައްޔިތުންނަށް ލުއިގޮތް ހޯދައިދިނުމަކީ، ސަރުކާރުން މި ބިލް ހުށައެޅުމުގެ މުހިންމު މަޤްޞަދެއްކަމަށް އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވިއެވެ.