ޚަބަރު

އެންވަޔަރަމަންޓް މިނިސްޓަރުގެ ނައިބުގެ މަޤާމަށް އަލްޤީން


އެންވަޔަރަމަންޓް މިނިސްޓަރުގެ ނައިބުގެ މަޤާމަށް، މއ.ކާމިނީހުޅަގުގެ، ޢަބްދުﷲ އަލްޤީން، ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަންކުރައްވައިފިއެވެ.

އަލްޤީން މިހާތަނަށް ހުންނެވީ ޑެޕިއުޓީ ކޮންޓްރޯލަރ އޮފް އިމިގްރޭޝަންގެ މަޤާމުގައެވެ. އަލްޤީންއަކީ ތިމާވެއްޓާއި ބެހޭ ދާއިރާއިން މަތީ ތަޢުލީމް ހާސިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ވަނީ މޫސުމާބެހޭ ޤައުމީ އިދާރާއިގައިވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައެވެ.