ވިޔަފާރި

ބާޓާގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި


ބާޓާގެ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

ހުޅުމާލޭގައި ބާޓާގެ ފިހާރައެއް ހުޅުވުމުގެ ބޭނުމަކީ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއިއެކު ބާޓާގެ އުފެއްދުންތައް ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުން ކަމަށް ބާޓާ ފިހާރައިން މައުލޫމާތުދެއެވެ. މި ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން ސޮނީ ސްޕޯޓްސްގެ މާރކެޓިންގ މުޙައްމަދު ސަހުލީން ވިދާޅުވީ، މާލޭ ބާޓާ ފިހާރައިން ލިބެން ހުންނަ ހުރިހާ އުފެއްދުންތައް، މާލެއިން ލިބެން ހުންނަ އަގުގައި ހުޅުމާލޭގެ ބާޓާ ފިހާރައިންވެސް ލިބެން ހުންނާނެ ކަމަށެވެ. އަދި މި ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތާއި ގުޅިގެން މި މަހުގެ 15 ގެ ނިޔަލަށް ހުޅުމާލޭ ބާޓާ ފިހާރައިން ބައްލަވައިގަންނަވާ ކޮންމެ މުދަލަކުން 25 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެކަމަށްވެސް އެފިހާރައިން މައުލޫމާތުދެއެވެ.

ހުޅުމާލޭ ބާޓާ ފިހާރަ ހުޅުވައިދިނީ، ރާއްޖޭގެ ބާޓާގެ އެންބެސެޑަރު މީރާ މުޙައްމަދު މާޖިދުއެވެ. ބާޓާއަކީ، ސުވިޒަލެންޑުގެ ބްރޭންޑެކެވެ.