ޚަބަރު

ސޯޝަލް މީޑިއާގައި އިސްލާމް ދީނަށް ފުރައްސާރަކުރާ މައްސަލަ ބަލަނީ





 


އިސްލާމްދީނާއި، ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް، އެހެން ދީންތަކުގެ ފިކުރުތައް ސޯޝަލް މީޑިޔާތަކުގައި ދިވެހިބަހުންލިޔެ އާންމު ކުރަމުންދާ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ، މިފަދަ މައްސަލަތަކެއް، ފާހަގަ ކުރެވި، މިކަމާއި، ގުޅޭ ތަހުގީގުތަކެއް ފުލުހުންގެ ސައިބާ ޕޮލިސިންގ ޑިޕާޓްމަންޓުން މީގެ ދުވަސްތަކެއް ކުރިންވެސް ފަށާފައިވާ ކަމަށާއި، މީގެ އިތުރު މައްސަލަތަކެއް ފުލުހުންގެ ސަމާލުކަމަށް އައިސް، ތަހުގީގު އިތުރަށް ފުޅާކޮށްފައިވާ ކަމަށެވެ.


 
 


ފުލުހުން ބުނީ، މިބާވަތުގެ މައްސަލަތަކަކީ، އަބަދުވެސް ފުލުހުންނަށް ހުށައެޅެމުންދާ މައްސަލަތަކެއް ކަމަށާއި، މިހާރު ކުރިއަށްދާ ތަހުގީގުތަކުގެ މައުލޫމާތު އަދި ދެވެން ނެތް ކަމަށެވެ.