ޚަބަރު

ދަނބިދޫ ބަސްމަލާ ބޯޓު ނެރުމައްޗަށް އަރައި ދިޔަވާން ފަށައިފި


ލ. ދަނބިދޫ ބަސްމަލާ ބޯޓު ދަނބިދުއަށް ވަންނަށް އުޅުމުގެ ތެރޭގައި ނެރުމައްޗަށް އަރައި ދިޔަވާން ފަށައިފިއެވެ.

މާލެއިން މުދާ ބަރުކޮށްގެން މިއަދު ހަވީރު 17:30 އެހާއިރު، ބަސްމަލާ ބޯޓު ދަނބިދު ފަޅަށް ވަންނަން އުޅެނިކޮށް މި ހާދިސާ ހިނގުމާ ގުޅިގެން ބޯޓު މިހާރު އޮތީ ވަރަށް ބޮޑަށް އަރިއަޅާލައި، ބޯޓުގެ ތެރެއަށްވެސް ކޮންމެވެސް ވަރަކަށް ލޮނުވަދެފައެވެ. img:http://s1.psmnews.mv/images/660x400/14969385527313.jpg|ދަނބިދޫ ބަސްމަލާ ބޯޓު - ފޮޓޯ: ޝިހާމް

މި ހާދިސާ ހިނގުމާއެކު ދަނބިދޫގެ ގިނަ ޢަދަދެއްގެ ބަޔަކު ނުކުމެ ބޯޓުގައި ހުރި މުދާ ސަލާމަތް ކުރުމުގެ ގޮތުން އެތަކެތި ރަށަށް ބޭލުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ. މިކަމުގައި ކަލައިދޫގެ މީހުންވެސް ދަނީ އެހީތެރިވަމުންނެވެ. މިކަން ރިޕޯޓްކުރުމާއެކު ފުލުހުންވެސް ދަނީ މުދަލާއި ބޯޓު ސަލާމަތް ކުރުމަށް އެހީތެރިވެދެމުންނެވެ. މި ހާދިސާ ހިނގީ ބަސްމަލާ ބޯޓު ދަނބިދޫ ބެންމާ ނެރުތެރޭގައި އޮތް ގަލެއްގައި ޖެހި ދިޔަވެ، ފަހުން ބޯޓް އެތަނަށް ބީހިގެން ކަމަށް އެރަށުން މައުލޫމާތުދެއެވެ.