ޚަބަރު

ދ. ހުޅުދެލީ ފަޅުތެރެއިން ކުޑަކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެ


ދ. ހުޅުދެލީ ފަޅުތެރެއިން ކުޑަކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، 5 އަހަރުގެ ފިރިހެން ކުއްޖަކު ހުޅުދެލީ ފަޅުތެރޭގައި ޚަބަރު ހުސްވެފައި އޮއްވާ ފެނިގެން އެރަށު ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އޭނާ ބެލި ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ އެކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު ހަވީރު ކަމަށެވެ.