ސިޔާސީ

18 ކެނޑިޑޭޓުން ފިޔާވާ ހުރިހާ ކެނޑިޑޭޓުން ލިސްޓްތަކުގައި ސޮއިކޮށްފި





އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުން ވޯޓާރސް ލިސްޓުގައި ސޮއިކުރަން ހުޅުވާލައިފައިވާ ވަގުތު ހަމަވިއިރު 18 ކެނޑިޑޭޓުން ފިޔާވާ ހުރިހާ ކެނޑިޑޭޓުން ލިސްޓްތަކުގައި ސޮއިކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އެއްބީސީއަށް މައުލޫމާތުދެއްވަމުން އެކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ފަރާތުން ވަދަކުރާ ހުރިކާ ކެނޑިޑޭޓުން ލިސްޓްތަކުގައި ސޮއިކޮށް ނިންމާފައިވާ ކަމަށާއި، ސޮއިނުކޮށްހުރި 18 ކެނޑިޑޭޑުންނަކީވެސް އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުން ކަމަށެވެ. އަދި ވޯޓާރސް ލިސްޓުގައި ސޮއިނުކޮށްތިބި ކެނޑިޑޭޓުންގެ ދާއިރާތަކުގެ އިންތިހާބު ބޭއްވުމާމެދު ފަހުން ގޮތެއް ނިންމަވާނެކަމަށް އެކޮމިސަނުން ވާހަދެއްކި އޮފިޝަލް ވިދާޅުވިއެވެ.


 
އިލެކްޝަންސް ކޮމިޝަނުން ވޯޓާރސް ލިސްޓުގައި ސޮއިކުރުމުގެ އެއްމެ ފަހު ވަގުތެއްގޮތުގައި ހޮނިހިރު ދުވަހުގެ ރޭ 10 ޖަހާއިރުކަނޑައެޅުމަށްފަހު، ބައެއް ސިޔާސީ ޕާޓީތަކާއި އަމިއްލަ ކެނޑިޑޭޓުންގެ އެދުމުގެ މަތިން މި މުއްދަތު ވަނީ މިއަދު މެންދުރު 12 އާ ހަމައަށް އިތުރުކޮށްފައެވެ.


 
 


ރައްޔިތުން މަޖިލީހުގެ 85 ދާއިރާއަކަށް މެންބަރުން އިންތިހާބުކުރުމަށް ބާއްވާ އާންމު އިންތިހާބުގައި ސިޔާސީ ޕާޓީތަށް ތަމްސީލުކުރާ 188 ކެނޑިޑޭޓުންނާ އަމިއްލަ ގޮތުން ވާދަކުރާ 114 ކެނޑީޑޭޓުންނާއެކު ޖުމްލަ ތިންސަތޭކަ ދެ ކެނޑިޑޭޓުން ވާދަކުރެއެވެ.