ދުނިޔެ

އިނގިރޭސިވިލާތުގެ ޢާއްމު އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށް


އިނގިރޭސިވިލާތުގެ ޢާއްމު އިންތިޚާބުގެ ވޯޓުލުން ފެށިގެން ކުރިއަށް އެބަދެއެވެ. އިނގިރޭސިވިލާތަށް ސަލާމަތީ ގޮތުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައި ބާއްވާ މި އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ އިނގިރޭސިވިލާތުގެ ގަޑިން ހެނދުނު 7 ޖެހި އިރުއެވެ. 

40،000 ވޯޓު ފޮއްޓެއް އިނގިރޭސިވިލާތުގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާއިރު ވޯޓު ގުނަން ފަށާނީ އެގައުމުގެ ގަޑިން ރޭނގަޑު 10 ޖަހާ އިރު ކަމަށް ރިޕޯޓްތައް ބުނެއެވެ. 46.9 މިލިއަން މީހުން ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ މި އިންތިޚާބުން އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ 650 ގޮނޑިއަށް މެމްބަރުން ހޮވިގެންދާނެއެވެ.

2015 ވަނަ އަހަރު އިނގިރޭސިވިލާތުގައި ބޭއްވި ޢާއްމު އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވަނީ 46.4 މިލިއަން މީހުން ކަމަށް އެގައުމުގެ ތަފާސު ހިސާބުތައް ދައްކައެވެ. އިނގިރޭސިވިލާތުގައި ޢާއްމު އިންތިޚާބެއް ބޭއްވުމަށް އެގައުމުގެ ބޮޑު ވަޒީރު ތެރީސާ މޭއި މީގެ 7 ހަފްތާ ކުރިން ނިންމެވީ، ޤާނޫނު ހަދާ މަޖިލީހުގައި އެކަމާނާގެ ކޮންޒަވޭޓިވް ޕާޓީއަށް ލިބިފައިވާ 17 ގޮނޑީގެ އިތުރުކުރުމުގެ ވިސްނުންފުޅުގައެވެ. އަދި އެއީ ވިލާތުގެ އިއްތިހާދުން އިނގިރޭސިވިލާތު ވަކިކުރުމަށް ކުރަން ޖެހޭ މަޝްވަރާތަކަށް ޤާނޫނު ހަދާ މަޖިލީހުން ހޯދަން ޖެހޭ ތާޢިދު ހޯދުމަށް ފަސޭހަ ކުުރުމަށްކަމަށް ވެސް މޭ ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް، ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި އިނގިރޭސިވިލާތުގައި ދީފައިވާ ދެ ޓެރަރިސްޓް ހަމަލާގެ ސަބަބުން އެގައުމުގެ ރައްޔިތުންގެ މެދުގައި މޭ އަށް އޮތް ތާޢިދު ކުޑަވެފައިވާ ކަމަށް ސާރވޭތަކުން ވަނީ ދައްކާފައެވެ. 

މިދިޔަ މޭއި މަހު އިނގިރޭސިވިލާތުގެ މެންޗެސްޓަރ ދިން ބޮމުގެ ހަމަލާގައި 22 މީހުން މަރުވި އިރު އިންތިޚާބުގެ 5 ދުވަސްކުރިން ލަންޑަންގައި ދިން ހަމަލާތަކުގައި ވަނީ 8 މީހުންގެ ފުރާނަ ގެއްލިފައެވެ.