ސިޔާސީ

ވޯޓާސް ލިސްޓްގައި ސޮއިކުރުމަށް އީސީއިން ވަގުތު އިތުރުކޮށްފި





 


އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ވޯޓާސް ލިސްޓްގައި ސޮއިކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަގުތު އިތުރުކޮށްފިއެވެ.


 
އިއްޔެއާއި މިއަދު ވޯޓަރސް ލިސްޓުގައި ސޮއިކޮށް ނިންމުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައިވީނަމަވެސް ބައެއް ކެނޑިޑޭޓުންނާއި ބައެއް ސިޔާސީ ޕާޓީތަކުން ވަގުތު އިތުރު ކުރުމަށް އެދެމުންދާތީ،މާދާމާ ހެނދުނު އަށަކުން މެންދުރު ބާރަޔަށް ލިސްޓް ތަކުގައި ސޮއިކުރުމުގެ ފުރުސަތު ޕާޓީ ތަކަށާއި ކެނޑިޑޭޓުންނަށް ދިނުމަށް ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ.


 
އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ މަޖިލިސް އިންތިޚާބުގައި އަށްޑިހަ ފަސް ދާއިރާއަށް މެމްބަރުން ހޮވުމަށް ހަމަޖެހިފައިވާ މި އިންތިހާބުގައި ތިންސަތޭކަ ދެ ކެންޑިޑޭޓުން ވާދަކުރެއެވެ.


 
 


މީގެ ތެރޭގައި އަށްޑިހަ ފަސްދާއިރާއަށް އެމްޑީޕީން ވާދަކުރާއިރު ޕީޕީއެމްއިން ފަންސާސް ދާއިރާއެއްގައި ވާދަކުރެއެވެ. އަދި ޖުމްހޫރީ ޕާޓީން އަށާވީސް ގޮނޑިއަށް ވާދަކުރާއިރު އެމްޑީއޭއިން ހަތް ގޮނޑިއަށް، އަދާލަތުން ބާރަ ގޮނޑިއަށް، އަދި ޑީއާރްޕީން ހަ ގޮނޑިއަކަށް ވާދަކުރެއެވެ. މި އިންތިޚާބުގައި އަމިއްލަ ގޮތުން ސަތޭކަ ސާދަ ކެންޑިޑޭޓުންވާދަކުރެއެވެ.