ކުޅިވަރު

ޖޮކޮވިޗް ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ކުއާރޓާއަށް


ރާމޯސް ވިނަލޯސް ބަލިކޮށް، ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ކުއާރޓާ ފައިނަލުން ޖޮކޮވިޗް ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ދެވަނައަށް ސީޑް ކޮށްފައިވާ ސާރބިއާގެ ނޯވަކް ޖޮކޮވިޗް ކުއާރޓާ ފައިނަލުން ޖާގަ ހޯދީ ހަތަރުވަނަ ބުރުގައި ރޭ ސްޕެއިންގެ ވިނަލޯސްގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައިގެންނެވެ. 

މެޗުގެ ސެޓްތައް ޖޮކޮވިޗް ގެންދިޔައީ 7-6، 6-1، 6-3 ންނެވެ. މުބާރާތުގެ ހަތަރުވަނައަށް ސީޑްކޮށްފައިވާ ސްޕެއިންގެ ރަފައެލް ނަދާލްވެސް ވަނީ މުބާރާތުގެ ކުއާރޓާ ފައިނަލުން ޖާގަ ހޯދާފައެވެ. ނަދާލް ކުއާރޓާ ފައިނަލުން ޖާގަ ހޯދީ މުބާރާތުގައި ސަތާރަވަނައަށް ސީޑްކޮށްފައިވާ ސްޕެއިންގެ ބައުޓިސްޓާގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައިގެންނެވެ. މި މެޗްގެ ސެޓްތައް ނަދާލް ގެންދިޔައީ ވަރަށް ފަސޭހަކަމާއެކުއެވެ. އެއީ 6-1، 6-2 އަދި 6-2 ންނެވެ.