ކުޅިވަރު

ރޮނާލްޑޯއަށް އަނެއްކާވެސް އިތުރު ރެކޯޑެއް


ޗެމްޕިއަންސް ލީގު ތިން ފައިނަލެއްގައި ލަނޑުޖެހި ފުރަތަމަ ކުޅުންތެރިއަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ ވެއްޖެއެވެ. 

ރޭ ޗެމްޕިއަންސް ލީގު ފައިނަލްގައި ދެގޯލް ރޮނާލްޑޯ ޖެހިއިރު ރޮނާލްޑޯ ވަނީ 2008ވަނަ އަހަރުގެ ފައިނަލްގައި ޔުނައިޓެޑަށް ގޯލް ޖަހާދީފައެވެ. އޭގެ ފަހުން 2014 ވަނަ އަހަރު މެޑްރިޑަށް ރޮނާލްޑޯ ވަނީ ގޯލް ޖަހާދީފައެވެ. ތިން ފައިނަލެއްގައި ގޯލް ޖެހުމުގެ ފުރުސަތު ރޭ ރާމޯސްއަށްވެސް ލިބިގެންދިޔަކަން ފާހަގަކޮށްލެވެއެވެ. ރޮނާލްޑޯ ރޭ ޖެހި ދެގޯލާއެކު އޭނާ ކެރިއާގައި ޖެހި ގޯލްގެ އަދަދު ވަނީ 600އަށް އަރާފައެވެ. އަދި ރޭގެ މެޗުގައި ރޮނާލްޑޯ ޖެހި ދެވަނަ ލަނޑު ވެގެންދިޔައީ ޔޫރަޕްގެ މުބާރާތްތަކުގެ މެޑްރިޑުން ޖެހި ފައްސަތޭކަވަނަ ލަނޑަށެވެ. މިހާތަނަށް ހަތަރު ފަހަރަށް ޗެމްޕިއަންސް ލީގު ހޯދާފައިވާ ރޮނާލްޑޯ ބުނީ މިއީ އޭނާއަށް އެންމެ ކާމިޔާބު ބާރަ މަސްދުވަހޭ ބުނެވޭނެ ކަމަށާއި ފުޓްބޯޅައިން ލިބޭނެ ހުރިހާ ކާމިޔާބީއެއް މިދިޔަ ބާރަ މަސްދުވަހުގެ ތެރޭގައި ހާސިލްވެއްޖެކަށެވެ.

 ރޮނާލްޑޯ ވަނީ މިދިޔަ ބާރަ މަސްދުވަހުގެ ތެރޭގައި ޔޫރޯ، ކްލަބް ވަރލްޑްކަޕް،  ޗެމްޕިއަންސް ލީގު ދެފަހަރަށް، ސްޕެނިޝް ލީގު، ޔޫއެފާ ސުޕަރ ކަޕް، ބެލޮންޑޯ އަދި ފީފާއިން ހޮވާ މޮޅު ކުޅުންތެރިޔާގެ އެވޯޑްވެސް ހޯދާފައެވެ. 

ރޮނާލްޑޯގެ މި ކާމިޔާބީއާއެކު ފަސް ވަނަ ފަހަރަށް ބެލޮންޑޯ އެވޯޑް ހޯދުމުގެ ފުރުސަތު އޭނާއަށް ވަނީ ލިބިފައެވެ،