ދުނިޔެ

ލަންޑަން ހަމަލާގައި މަރުވި މީހުންގެ އަދަދު ނުވައަކަށް އަރައިފި


ލަންޑަން ބްރިޖްގައި ދިން ހަމަލާގައި މަރުވި މީހުންގެ ޢަދަދު ނުވައަކަށް އަރައިފިއެވެ.

މި ހަމަލާދީފައިވަނީ، ތިން މީހަކު ދުއްވި އުޅަނދަކުން، ލަންޑަން ބްރިޖުގައި ހިނގާފައި ދިޔަ މީހުންގެ ގައިގައި ޖެއްސުމަށްފަހުއެވެ. އަދި މިމީހުންވަނީ ބޮރޯ މާކެޓްގައި ތިބި ބަޔަކަށް ތޫނު އެއްޗަކުން ހަމަލާދީފއެވެ. ހަމަލާ ދިން ވަގުތު، ފުލުހުން އެމީހުންނާ ކުރިމަތިލާ ހަމަލާ ދިނުމުގައި ބައިވެރިވި މީހުން މަރާލާފައިވާކަމަށް ފުލުހުން ބުނެއެވެ،

ހަމަލާދިން މިހުން ތިބީ ގޮވާތަކެތި ހަރުކޮށްފައިހުރި ކަމަށް ބެލެވޭ ވެސްޓު ލައިގެންކަމަށާއި، އެހެންނަމަވެސް ފަހުން ބެލި ބެލުމުން، އެއީ ފުލުހުންނަށް އޮޅުވާލުމަށް ހަރުކޮށްފައިހުރި ވެސްޓުތަކެއްކަން އެނގުނު ކަމަށް ފުލުހުން ބުނެފައިވެއެވެ. ކޮން ބައެއްކަން ނޭގޭ ބަޔަކު ލަންޑަންގައި ހިންގި އެކްސިޑެންޓަކާއި ވަޅިޖެހުމުގެ ހާދިސާއަށްފަހު ލަންޑަން ބްރިޖް ސަރަހައްދާއި ބޮރޯ މާކެޓް ސަރަހައްދު ބަންދުކުރުމަށްފަހު މީހުންނާ ސުވާލުކުރަމުން ގެންދާކަމަށާއި އެ ދެ ސަރަހައްދުގައި ދީފައިވަނީ ޓެރަރިސްޓް ހަމަލާތަކެއްކަމަށް ލަންޑަންގެ ފުލުހުން ބުނެއެވެ.