ޚަބަރު

މާލޭގައި ދިރިއުޅޭ ހއ،ހދ.އަތޮޅުގެ ރައްޔިތުންނަށް ޚާއްސަ ތަރާވީހެއް


މާލޭގައި ދިރިއުޅޭ ހއ. އަދި ހދ. އަތޮޅުގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ސަރުކާރު ހިންގާ މައި ޕާޓީ ޕީ.ޕީ.އެމްއިން ޚާއްޞަ ތަރާވީހެއް ބާއްވައިފިއެވެ.

ދަރުބާރުގޭގައި ބޭއްވި މި ތަރާވީހުގައި މި ދެއަތޮޅުގެ އާންމުން ބައިވެރިވެފައިވާއިރު، ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

މި ތަރާވީހުގައި ބައިވެރިވި އާންމުންނާއި ބައްދަލުކުރައްވާ އެކި ރަށްރަށަށް ބޭނުންވާ ކަންތައްތަކާއި ތަރައްޤީގެ މަޝްރޫޢުތަކާބެހޭގޮތުން ވަޒީރުންވަނީ ޚިޔާލު ހޯއްދަވާފައެވެ.

ޕީޕީއެމްއިން އިންތިޒާމްކޮށްގެން ބޭއްވި މި ތަރާވީހަކީ، މާލޭގައި ދިރިއުޅޭ އެކި ރަށްރަށުގެ އާންމު ރައްޔިތުންނާ ބައްދަލުކުކޮށް އެކި ރަށް ރަށަށް ބޭނުންވާ ތަރައްޤީއާގުޅޭ އެކި ކަންތައްތަކުގައި ޚިޔާލު ހޯދުމަށް ސިލްސިލާކޮށް ދެރެއިން އެއްރޭ ބޭއްވުމަށް ހަމަޖެހިފައިވާ ތަރާވީހެއް ކަމަށް ޕީޕީއެމްއިން މަޢުލޫމާތުދެއެވެ.

ރައްޔިތުންނާ ބައްދަލުކޮށް ޚިޔާލު ހޯދުމުގެ މަޤްޞަދުގައި ބާއްވަން ނިންމާފައިވާ މި ސިލްސިލާ ތަރާވީސްތަކުގައި ސަރުކާރުގެ ވަޒީރުންނާއި އެކި ވުޒާރާތަކުގެ އިސްވެރިންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ބައިވެރިވެ އާންމުންނާ ވަރަށް ގާތުން ޚިޔާލު ހޯދުމަށް ހަމަޖެހިފައިވެއެވެ. މިއީ ރައްޔިތުން ބޭނުންވާ ވަޒީރަކާ ނުވަތަ މަޖިލީހުގެ މެމްބަރަކާ ބައްދަލުކޮށްލުމަށް ލިބޭ ފުރުޞަތެއް ކަމަށްވެސް ޕީޕީއެމްއިން ބުނެއެވެ.