ދުނިޔެ

ހަނަފަސްކަމުގައި ޕާކިސްތާނުގެ ގިނަ ކުޑަކުދިން ދަނީ މަރުވަމުން





 


ޕާކިސްތާނުގެ ދެކުނުގެ ޞަރަޙައްދުތަކަށް ކުރިމަތިވެފައިވާ ހަނަފަސްކަމުގެ ތެރޭގައި ގިނަ އަދަދަދެއްގެ ކުޑަކުދިން މަރުވަމުންދާ ކަމަށް އ.ދ އިން ބުނެފިއެވެ.


 
އދ އިން ބުނާ ގޮތުގައި މިދިޔަ ހަނަފަސްކަމުގެ ތެރޭގައި ކުރިމަތިވާ ތަފާތު އެކި ބަލިތަކާއި ޞިއްހީ މައްސަލަތަކާއި ،ބަނޑަށް ޖެހިގެން މިދިޔަ ޖެނުއަރީ މަހު  18ކުދިން މަރުވެފައިވާއިރު  ފެބްރިއަރީ މަހު 23ކުދިން  އަދި މިހިނގާ މާޗް މަހުގެ މިހާތަނަށް ފަނަރަ ކުދިން މަރުވެފައިވާކަމަށެވެ.


 
އދ އިން ބުނެފައިވަނީ ފާއިތުވެދިޔަ ހަމަސް ދުވަހު ޕާކިސްތާންގެ ދެކުނުގެ ޞަރަހައްދުތަކުގައި ކުރިމަތިވި ހަނަފަސްކަމުގައި ގިނަ ބަޔަކު ބޯފެނަށާއި ކާނާޔަށް ޖެހި ،ޞިއްޙީ މައްސަލަތައް ކުރިމަތިވެފައިވާކަމަށާއި، މިކަމުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދަނީ ކުޑަކުދިންނަށް ކަމަށެވެ.



 

އދ އިން އިންސާނީ އެހީތެރިކަން ފޯރުކޮށްދޭއިރު،ޕާކިސްތާނުން މިހާރުވަނީ،މި ކުދިންނަށް އެހީތެރިވުމަށް 10 މިލިޔަން އެމެރިކާ ޑޮލަރުގެ ކުއްލި ފަންޑެއް ކަނޑައަޅާފައެވެ.