ޚަބަރު

ދެއުޅަނދެއްޖެހި ހިނގި އެކްސިޑެންޓެއްގައި 14 މީހަކަށް އަނިޔާވެއްޖެ


ސަމަރ އައިލެންޑް ރިސޯޓުން ދަތުރުކުރަމުންދިޔަ އުޅަނދެއް، ރީތިރަށް ރިސޯޓް ކައިރީގައި އަޅާފައި އޮތް އުޅަނދަކާ ޖެހި އެކްސިޑެންޓް ވެއްޖެއެވެ.

މި އެކްސިޑެންޓްގައި 2 މީހަކަށް އަނިޔާވެފައިވާއިރު މި ޙާދިސާގައި 10 މީހަކަށް އެކިވަރުގެ ހާނީއްކަ ވެފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މި ޙާދިސާގައި އަނިޔާވި މީހުން މާލެ ގެނައުމުގެ މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ރީތިރަށް ރިސޯޓް ކައިރީގައި އަޅާފައި އޮތް އުޅަނދުގައި އަލިކަމެއް ނެތުމުގެ ސަބަބުން، ކެޕްޓަނަށް އެ އުޅަނދު ނުފެނުމުން ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ. މި ޙާދިސާގައި ހިނގިއިރު އުޅަނދުގައި ޖުމްލަ 15 މީހުން ތިބި ކަމަށް އެމްއެންޑީއެފުން މައޫލޫމާތު ދެއްވައެވެ.

އިތުރު ތަފްސީލު އަންނަނީ...

00:11 - މި ޙާދިސާގައި އަނިޔާވި މީހުން މިހާރު އޭޑީކޭއަށް ގެންދިއުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.

00:30 - އެކްސިޑެންޓުގައި އަނިޔާވި ބައެއް މީހުން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފިއެވެ. img:http://s4.psmnews.mv/images/660x400/14961742044057.jpg|އެކްސިޑެންޓުގައި އަނިޔާވި މީހުން އޭޑީކޭ ހޮސްޕިޓަލަށް ގެނައުން - ފޮޓޯ: ޕީއެސްއެމް

img:http://s2.psmnews.mv/images/660x400/14961742539413.jpg|އެކްސިޑެންޓުގައި އަނިޔާވި މީހުން އޭޑީކޭ ހޮސްޕިޓަލަށް ގެނައުން - ފޮޓޯ: ޕީއެސްއެމް

00:45 - ތިން މީހަކަށް އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.

00:47 - މި ޙާދިސާގައި އަނިޔާވި މީހުންގެ ތެރޭގައި ބިދޭސީ ދެ މީހަކު ހިމެނޭ ކަމަށް މަޢުލޫމާތު ލިބެއެވެ.

00:48 - މި ޙާދިސާގައި އަނިޔާވި މީހުންގެ ތެރެއިން 14 މީހަކަށް މިހާރު އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

00:55 - ކަނޑުމަތީގެ ސަލާމަތްތެރިކަމަށް ހުރިހާ ފަރާތްތަކުންވެސް ސަމާލުވާން ޖެހޭ. ކަނޑުމަތީގެ އުޅަނދުތަކުގައި ދިއްލަންޖެހޭ ދިއްލުންތައް ދިއްލައި، ކަނޑުމަތީގެ ސަލާމަތަށް ފަރުވާތެރިވުމަށް އިލްތިމާސްކުރަން - ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު

01:01 - އޭޑީކޭގައި 14 މީހުނަށް ފަރުވާ ދެމުން ދަނީ.. 3 މީހުން އައިސީޔޫގައި އެކަކު ވަރަށް ކްރިޓިކަލް.. 4 މީހުން އެމަރޖެންސީ ރޫމްގައި.. 7 މީހަކު އޮބަޒރވޭޝަންގައި.. - އޭޑީކޭ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އައްފާލް

01:07 - ޕީއެސްއެމް ލައިވް fb:https://www.facebook.com/newspsm/videos/1337799269668285/

01:31 - މިޙާދިސާގައި އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 12 ދިވެހީންނާއި 2 ބިދޭސީއެކެވެ.

01:45 - މިޙާދިސާގައި އުޅަނދުން ދަތުރުކުރި ހުރިހާ އެންމެނަށްވެސް އެކިވަރުގެ އަނިޔާވެފައިވޭ - އުޅަނދަށް އެހީވުމަށް އެންމެ ފުރަތަމަ ޙަރަކާތްތެރިވި ޓީމްގެ މެމްބަރެއް

02:20 - މިޙާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ޙާލު ދެރަ މީހަކު އޮޕަރޭޝަން ކުރުމަށް ތިއޭޓަރަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުން - އޭޑީކޭ