ކުޅިވަރު

ފޯރި ގަދަކުރަން، ފުރުޞަތު ދިނުން އިތުރުކުރަން ޖެހޭ - އަންދަރޭ


ކުރީގެ ކުޅުންތެރިންގެ ބައިވެރިވުން ބޮޑުވެ، އެކުޅުންތެރިންނަށްވެސް ލިބޭ ފުރުޞަތުތައް އިތުރުވާނަމަ ފުޓްބޯޅައިގެ ފޯރިވެސް ގަދަވާނެކަމަށް ޤައުމީ ޓީމާއި ނިއުރޭޑިއަންޓްގެ ކުރީގެ ކެޕްޓަން އިބްރާހީމް ރަޝީދު، (އަންދަރޭ) ބުނެފިއެވެ. 

ކުރީގެ އެއްވަނަ ޑިފެންޑަރު ބުނީ ރާއްޖޭގެ އެންމެ މަޤްބޫލް ކުޅިވަރު ކުރިއަށް ގެންގޮސް ފޯރިގަދަ ކުރުމަށް ކުރީގެ ކުޅުންތެރިންގެ ހަރަކާތްތައްވެސް އިތުރުކޮށް، ފުޓްބޯޅައިގަ އެންމެންނަށްވެސް ދެވޭ ފުރުޞަތުތައް އިތުރުކުރަން ޖެހޭކަމަށެވެ. ކުރީގެ ކުޅުންތެރިން ކުޅޭތަން އޭރުގެ ފެންވަރުގައި ނޫންނަމަވެސް ދެކިލަން ބޭނުންވާ މީހުން ތިބިކަން ފާހަގަކުރަމުން އަންދަރޭ ބުނީ މީގެ ހެޔޮ އަސަރު ފުޓްބޯޅައިގެ ފޯރިއަށް ކުރާނެކަމަށް ޤަބޫލުކުރެވޭކަމަށެވެ.

" އަޅުގަނޑަށް ހީވަނީ ކުޅިވަރު ކުޅޭ އެންމެނަށްވެސް މިކަހަލަ ފުރުޞަތު ލިބޭނަމަ ފޯރި އިތުރުވެގެންދާނެ. ފުޓްބޯޅައިގެ ހާލަތާ މެދު ވަރަށް ބޮޑު ދިރާސާއެއް ކުރަން ޖެހޭ. އެއް ދުވަހަކުން ދެދުވަހަކުން ހިޔެއްނުވޭ ރަނގަޅުވާނެހެނެއް. " އިއްޔެ އޮތް ވެޓަރެންސް މެޗުގެ ކުރިން ފުޓްބޯޅައިގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރަމުން އިތުބާރު ޑިފެންޑަރު ބުންޏެވެ.

އަންދަރޭއަކީ 1997 ވަނަ އަހަރު ޤައުމީ ޓީމް ފުރަތަމަ ސާފް ޗެމްޕިއަންޝިޕްގެ ދެވަނަ ހޯދި އިރު ކެޕްޓަނެވެ.