ކުޅިވަރު

ފުރަތަމަ މެޑަލް ހޯދި ޓީމްގެ ކެޕްޓަންގެ ކަންބޮޑުވުން


ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ރަނގަޅުކުރުމަށް ޓީމެއްގެ ގޮތުގައި ކުރާ މަސައްކަތް އިތުރުކޮށް ވަރުގަދަ ކުރަން ޖެހޭކަމަށް، ފުރަތަމަ މެޑަލް ހޯދި ޤައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަން އިބްރާހީމް ނޫރައްދީން ބުނެފިއެވެ.

 ފުރަތަމަ ލޯ މެޑަލް ހޯދި ޓީމްގެ ކެޕްޓަން ބުނީ ރާއްޖޭގައި ހުނަރާއި، ވަޞީލަތްވެސް އެބަހުރި ކަމަށާއި، ރަނގަޅު ކުރަންވީ އެންމެ މުޙިއްމު ކަމަކީ ޓީމް ވަރކްކަމަށެވެ. އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޞަރަހައްދުގެ ގަދަބާރު އިންޑިޔާ ބޮޑަތި ކުރިއެރުންތައް ހޯދަމުން ދިއުމެވެ. ރާއްޖޭގެ ފުޓްބޯޅަ މިހާލަތުގައި އޮއްވާ އިންޑިޔާ އަތުނުވާ ހިސާބަށްގޮސް ރާއްޖޭގެ ފުޓްބޯޅަ ދަށަށް ގޮސްދާނެކަމުގެ ކަންބޮޑުވުން އެބައޮތްކަން އިބްރާހީމް ނޫރައްދީން ފާހަގަކުރިއެވެ. މިކަންކަން ރަނގަޅުކުރަން ރަނގަޅު ދިރާސާއެއް ހަދާ، ރަނގަޅުކުރަން ޖެހޭކަމަށް އިބްރާހީމް ނޫރައްދީން ބުންޏެވެ.

" އަޅުގަނޑަށް ހީވަނީ ޓީމެއްގެ ގޮތުގައި މަސައްކަތްކުރަން ވެއްޖެހެން މިހާރު. ވަކިވަކި އިންޑިވިޖުއަލް ނޫން ގޮތަށް. ސްކިލްސް އެބަހުރި ރާއްޖޭގައި. ވަޞީލަތްވެސް އެބަހުއްޓޭ ބުނެވޭނީ. މި ރިޒަލްޓްސް ރަނގަޅުކުރަން އެބަޖެހޭ. މިހާރު މިރީޖަންގައި އިންޑިޔާ ތަންތަން މިހާރު އެދަނީ އަތުނުވާ ހިސާބަށް. މިހެން ބަލަހައްޓާން ތިއްބާ ހަމަ އެންމެ ދަށަށް ގޮސްދާނެ " 1984 ވަނަ އަހަރު ސާފް ގޭމްސްގެ ލޯ މެޑަލް ހޯދި ޓީމްގެ ކެޕްޓަން ބުންޏެވެ.