ޚަބަރު

"ސީޕްލޭން ފުރޮޅާލި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްނުވޭ"


ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ޖެއްސި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސީޕްލޭނެއް ފުރޮޅާލައި، މިއަދު އެކްސިޑެންޓެއް ހިނގައިފިއެވެ.

މިޙާދިސާގައި އެބޯޓުގައި ތިބި އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށް ޓީއެމްއޭއިން ހާމަކުރެއެވެ. މިއަދު ހެނދުނު  8:30 ހާއިރު ހިނގި މިޙާދިސާގައި އެކްސިޑެންޓްވި ބޯޓުން 9 ފަސެންޖަރުންނާއި 3 ފެޅުވެރިން ދަތުރުކުރިކަމަށް ޓީއެމްއޭއިން ހާމަކުރެއެވެ. 

މިޙާދިސާ ހިނގަން މެދުވެރިގޮތުގެ އެތެރޭގެ ތަހްޤީގެއް މިހަރު ޓީއެމްއޭއިން ފަށާފައިވާކަމަށާ، ކަމާބެހޭ އެހެން އިދަރާތަކުން ކުރިއަށްގެންދާ ކޮންމެ ތަހްޤީގަގަށްވެސް ޓީއެމްއޭއިން ފުރިހަމަ އެއްބާލުން ދޭނެކަމަށް އެކުންފުނިން ހާމަކުރެއެވެ. 

ޓީއެމްއޭއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސީޕްލޭންގެ ދަތުރުތަށް ކުރިއަށްގެންދާ އެއަރލައިނެވެ.