ޚަބަރު

ނާޒިމާއި އިމްރާން ރަމަޟާންމަހުގެ ނިޔަލަށް ގޭބަންދަށް ބަދަލުކޮށްފި


ކުރީގެ ޑިފެންސް މިނިސްޓަރ މުޙައްމަދު ނާޒިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދު ﷲ ރަމަޟާން މަހުގެ ނިޔަލަށް ގޭބަންދަށް ބަދަލުކޮށްފިއެވެ.

އެ ދެބޭފުޅުން ގޭ ބަންދަށް ބަދަލުކުރީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ވިދާޅުވީ، ނާޒިމާއި އިމްރާން ޢަބްދު ﷲ ގޭ ބަންދަށް ބަދަލުކުރީ ރޯދަމަސް ނިމެންދެން ކަމަށާއި، ރޯދަ މަސް ނިމުމުން އަލުން އަނބުރާ ޖަލަށް ބަދަލުކުރެވޭނެ ކަމަށެވެ. img:http://s3.psmnews.mv/images/660x400/9080.jpg|އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ - ފައިލް ފޮޓޯ: ޕީއެސްއެމް

ކުރީގެ ޑިފެންސް މިނިސްޓަރ މުޙައްމަދު ނާޒިމް 11 އަހަރަށް ޖަލަށް ލާފައިވަނީ، އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުން ފިސްތޯލައެއް ފެނުނު މައްސަލަ ސާބިތުވެގެން 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އަދި އިމްރާން ޢަބްދު ﷲ 12 އަހަރަށް ޖަލަށް ލާފައިވަނީ، 2015 ވަނަ އަހަރު ޓެރަރިޒަމްގެ ކުށް ސާބިތުވެގެންނެވެ.