ޚަބަރު

އީ.ސީ.އިން 4 ޕާޓީއަކަށް ފައިސާދޭން ފިނޭންސަށް ފޮނުއްވައިފި


އިލެކްޝަންސް ކޮމިޝަނުން 4 ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކުރުމަށް ނިންމަވާ، ފިނޭންސް މިނިސްޓްރީއަށް ފޮނުއްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ، ޤާނޫނުގައި ބުނެފައިވާ ޝަރުޠުތައް ހަމަވާ 4 ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އެއީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމާއި، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ އެމްޑީޕީއާއި، ޖުމްހޫރީ ޕާޓީ، ޖޭޕީގެ އިތުރުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް، އެމްޑީއޭއެވެ. މިއަހަރުގެ ބަޖެޓުގައި ސިޔާސީ ޕާޓީތަކަށް ދިނުމަށް ތިރީސް ފަސް މިލިއަން ތިން ލައްކަ ހަތް ސަތޭކަ ތޭވީސް ރުފިޔާ ކަނޑައަޅުއްވާފައިވެއެވެ.