ސިޔާސީ

އިންތިޚާބުގެ ކުރިން އީސީއަށް މެންބަރުން އައްޔަންކުރަން ހުށަހަޅަނީ





އިލެކްޝަންސް ކޮމިޝަނުން ހުސްވެފައިވާ ދެ މެންބަރުންގެ މަޤާމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކުރިން މެންބަރުން އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާނެ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއިން ބުނެފިއެވެ.  މިއަދު ޕީ.ޕީ.އެމް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އެޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ނައިބު ލީޑަރ އަދި ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު ވިދާޅުވީ، މަޖިލިސް އިންތިހާބުގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ފަސް މެންބަރުން ހަމަކުރަންޖެހޭ ކަމަށް ޕީޕީއެމުން ދެކޭ ކަމަށާއި، އިލެކްޝަންސް ކޮމިޝަންގައި ތިބެންޖެހޭ މެންބަރުންގެ އަދަދު ގާނޫނުގައި ކަނޑައަޅާފައިވާއިރު، ޤާނޫނުގައިވާ އަދަދައް މެންބަރުން ތިބުން މުހިންމު ކަމަށެވެ.


 
 


ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން އިލެކްޝަން ކޮމިޝަނުން ހުސްވެފައިވާ 2 މެންބަރުންގެ މަޤާމަށް އައްޔަން ކުރުމަށްޓަކައި ރައީސުލްޖުމުހޫރިއްޔާ ވަނީ 4 ބޭފުޅުންގެ ނަން މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ.