ދީން

15 ޖަމާޢަތްތެރިއަކަށް ޖަމާޢަތްތެރިކަމުގެ ހުއްދަ ދެއްވައިފި


ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ތަމްރީން ކުރި 15 ޖަމާއަތްތެރިއަކަށް ޖަމާޢަތްތެރިކަމުގެ ހުއްދަ މިއަދު ދެއްވައިފިއެވެ. 

އެމަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ބައިވެރިންނަށް ހުއްދަ ހަވާލުކޮށްދެއްވީ ޤުރުއާނާ ބެހޭ މަރުކަޒުގެ ރައީސް އިބްރާހީމް ރަޝީދު މޫސާއެވެ. ޕީއެސްއެމްއަށް މަޢޫލޫމާތު ދެއްވަމުން ޤުރުއާނާއި ބެހޭ މަރުޒަކުގެ ރައީސް އިބްރާހީމް ރަޝީދު މޫސާ ވިދާޅުވީ މިއީ ރާއްޖޭގެ ކޮންމެ ރަށަކަށް މަދުވެގެން ދެ ޖަމާޢަތްތެރިން ތަމްރީނުކުރެއްވުމަށް އެ މަރުކަޒުން ކުރިއަށް ގެންދަވާ ޕްރޮގްރާމްގެ ދަށުން ތަމްރީނު ކުރި ޖަމާއަތްތެރިން ތަކެއްކަމަށެވެ.

img:http://s4.psmnews.mv/images/660x400/14955427837034.jpg|ޖަމާޢަތްތެރިކަމުގެ ހުއްދަ ދެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

"މިކޯހުގައި ކަށުކަމާއި ކެމީގެ އެކި ކަންތައްތައް ދަސްކޮށްދެވޭނެ. އޭގެ ތެރޭގައި މަރަށް ޙާޒިރުވެފައިވާ މީހާއާއި މެދުގައި ކަންތައް ކުރަންވީ ގޮތާއި މައްޔިތާ ހިނެވުމާއި ވަޅުލުމުގައި ޢަމަލުކުރާނެ ގޮތްތަކާއި ކަށުނަމާދާއި ގުޅޭ ކަންކަން ހިމެނޭނެ. އަދި މިކަންކަމުގެ ޢަމަލީ ތަޖުރިބާ މި ބައިވެރިންނަށް ދެވިފައިވާނެ." އިބްރާހިމް ރަޝީދު މޫސާ ވިދާޅުވިއެވެ.

ވޭތުވެދިޔަ ދެ އަހަރު ގެ ތެރޭގައި އެ މަރުކަޒުން ވަނީ 144 ޖަމާޢަތްތެރިއަކު ތަމްރީނުކުރައްވާފައެވެ. އެއީ 68 އަންހެން ޖަމާޢަތްތެރިންނާއި 77 ފިރިހެން ޖަމާޢަތްތެރިންނެވެ. ކުރިން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދެއްވަމުން ގެންދެވި ޖަމާޢަތްތެރިކަމުގެ ހުއްދަ ޤުރުއާނާއި ބެހޭ މަރުކަޒުން ދެއްވާ ގޮތަށް ހަމަޖެއްސެވީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.