ސިޔާސީ

ޖާބިރު މިނިވަންކޮށްފައި ބެހެއްޓުމުގެ އަމުރު ނެރެދެވެން ނެތް- ހައި ކޯޓު





 


ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެއް އަހަރު ދުވަހަށް ޖަލަށްލުމަށް ކުރި ހުކުމުގެ އިސްތިއުނާފް މަރުހަލާ ނިމެންދެން، ޖާބިރު މިނިވަންކޮށްފައި ބެހެއްޓުމުގެ އަމުރު ނެރެދެވެން ނެތް ކަމަށް ހައި ކޯޓުން ނިންމައިފިއެވެ.



ހައިކޯޓުން އެގޮތަށް ނިންމީ
ޖާބިރު ޖަލަށް ލުމަށްކުރި ހުކުމްގެ އިސްތިއުނާފީ މަރުހަލާ ނިމެންދެން ޖާބިރު ބަންދުން ދޫކޮށްފައި ބެހެއްޓުމަށް ނުވަތަ އޭނާގެ ހުކުމް ތަންފީޒު ކުރުން ފަސްކޮށް ދިނުމުގެ އަމުރެއް ނެރެދިނުމަށް ޖާބިރުގެ ފަރާތުން ކޯޓުގައި އެދުމުންނެވެ.


 
ބަންދުން ދުކޮށްދިނުމަށް ޖާބިރުގެ ފަރާތުން ކޯޓުގައި އެދިފައިވަނީ ކުރިއަށް އޮތް ރައްޔިތުން މަޖިލިހުގެ އިންތިޚާބުގައި ކެމްޕޭން ކުރުމުގެ ހައްގު ޖާބިރަށް ގެއްލޭތީކަމަށް ޖާބިރު ޤާނޫނީ ވަކީލް ވިދާޅުވިއެވެ.  
ހައި ކޯޓުގެ ގަވާއިދުގެ ބުނާގޮތުން އެ ކޯޓުގައި މައްސަލަ ހިނގަމުންދާއިރު ޖަލު ހުކުމެއްގައިވާ މީހަކު ބަންދުން ދޫކޮށްފައި ބެހެއްޓުމުގެ ބާރު އެ ކޯޓަށް ލިބިގެންވެއެވެ.


 
 


މިމއްސަލާއިގެ އިތުރު އަޑިއެހުމެއް އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ވަނީ ތާވަލްކޮށްފައެވެ.