ކުޅިވަރު

ނޭޕާލް އަތުން ސްރީލަންކާ މޮޅުވެއްޖެ


ސާބާ ޗެމްޕިއަންޝިޕް ސްރީލަންކާ އަތުން ނޭޕާލް ބަލިވެ، މުބާރާތުގެ ތިންވަނަ ހޯދުމުގެ ފުރުސަތު ދިވެހިރާއްޖެއަށް ލިބިއްޖެއެވެ. 

ސާބާ ޗެމްޕިއަންޝިޕްގައި ރޭ ސްރީލަންކާއާއި ނޭޕާލް ވާދަކުރި މެޗް ނިމުނީ 81 ޕޮއިންޓް 65 ޕޮއިންޓުން ސްރީލަންކާ މެޗް ކާމިޔާބުކޮށްގެންނެވެ. މިއީ ސްރީލަންކާ މުބާރާތުގައި މޮޅުވި ފުރަތަމަ މެޗެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ސްރީލަންކާ ޓީމްގެ ޗަރިތް މަދުޝަންކަ ޕެރޭރާއެވެ. ދިވެހިރާއްޖޭގެ މައްޗަށް ކުރި ހޯދާފައިވާ ނޭޕާލް މިއަދު ހަވީރު ނިކުންނާނީ އިންޑީޔާއާއި ދެކޮޅަށެވެ. 

މުބާރާތުގެ ފަހު މެޗުގައި މިރޭ ދިވެހިރާއްޖެ ނިކުންނާނީ ސްރީލަންކާއާއި ދެކޮޅަށެވެ. މި މެޗުން މޮޅުވެ މުބާރާތުގެ ތިންވަނަ ހޯދުމުގެ ފުރުސަތު ދިވެހިރާއްޖެއަށް އެބައޮތެވެ.