ޚަބަރު

ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތަކާ ބެހޭ މައުރަޒެއް ހުޅުވައިފި


"ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް - އިންޑިއާ ކަނޑުން ގެއްލެމުންދާ ތަރިކަ" އާ ބެހޭގޮތުން ކޮށްފައިވާ ދިރާސާތައް ދައްކުވައިދޭ މައުރަޒެއް ހުޅުވައިފިއެވެ.

ޤައުމީ ދާރުލްއާސާރު ދެއްވި ދަޢުވަތަކަށް 4 ފަރާތެއްގެ ސްޕޮންސަރ އާއެކު މަޢުރޫފް ޖަމީލް ބާއްވާ މި މަޢުރަޒުގައި ހިރިގަލު މިސްކިތްތަކުގެ ތަޢާރަފާއި ހޮވާލެވިފައިވާ މިސްކިތްތަކުގެ ކުރީގެ ރީތި ތަސައްވަރު ދައްކުވައިދޭ ކުރެހުންތަކެއް ހިމަނާފައިވެއެވެ.

މިފަދަ މައުރަޒެއް ބޭއްވުމުގެ މަޤްޞަދެއްކަމުގައި މަޢުރޫފް ޖަމީލް ވިދާޅުވީ، ކުރީގައި ކާބަފައިން ކޮށްފައިވާ ހިރިގަލުގެ މަސައްކަތްތަކަށް މިހާރުގެ މީހުން ހޭލުންތެރިކުރުވާ، އަންނަން އޮތް ޖީލާ ހަމައަށް މި މަސައްކަތްތައް ފޯރުކޮށްދީ، މި މިސްކިތްތަކަށް އާންމުންގެ ލޯތްބާ ގަދަރު އިތުރުކުރުވުމުގެ ގޮތުންކަމުގައެވެ.

މި މަޢުރަޒް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 ން ފެށިގެން 25 ގެ ނިޔަލަށް ހެދުނު 10 ން އިރުއޮއްސި 6 ޖަހަންދެކަށެވެ. 28 ވަނަ ދުވަހުން ފެށިގެން ޖޫން އަށަކާއި ހަމައަށް ހެދުނު 10:00 މެންދުރުފަހު 2 ޖަހަންދެކަށެވެ.